މިއަދަކީ ދިރާގުގެ"'ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގައި އެންރޯލްވުމަށް ލިބޭ އެންމެ ފަހު ދުވަސް ކަމަށާއި އެ ޕްރޮމޯޝަންގައި މިރޭ 11:59 ގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

މިދިޔަ ސެޕްޓެންބަރު މަހު ދިރާގުން ލޯންޗުކުރި އެ ޕްރޮމޯޝަނާއެކު ދިރާގު ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އާ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއެކު ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުން އަންނަ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ލިމިޓެއް ނެތް ފައިބާ 40އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އެ ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް، https://winaboat.dhiraagu.com.mv/ މެދުވެރިކޮށް މިއަދު 23:59 ގެ ކުރިން އެ ޕްރޮމޯޝަންގައި އެންރޯލްކުރަން ޖެހޭނެ ކަމަށާއި އަދި ކޮންމެ ކަސްޓަމަރަކަށްވެސް އެ ފަރާތެއްގެ ޝަރުތު ހަމަވާ ހުރިހާ ނަންބަރެއް ޕްރޮމޯޝަންގައި އެންރޯލްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

"މި ހިތްގައިމު ޕްރޮމޯޝަން ނިމުމަކާ ގާތްވެފައިވާ އިރު، އާންމުންގެ ފަރާތުން ލިބެމުންދާ ހޫނު ތަރުހީބު ފާހަގަކޮށްލަން. އަދި މިއަދަކީ މި ޕްރޮމޯޝަނަށް އެންރޯލްވެވޭ އެންމެ ފަހު ދުވަސް ކަމަށްވާ އިރު، މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް އެ ފަރާތްތަކުގެ ޝަރުތު ހަމަވާ ހުރިހާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށްފައިވޭތޯ ބަލައިލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް،" ދިރާގުގެ މެނޭޖާ، މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވިއެވެ.

އެ ޕްރޮމޯޝަންގެ ބޮޑު އިނާމު ކަމުގައިވާ އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި އެ ހައި ސްޕީޑް ލޯންޗާއެކު އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން އެ ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/4d1WWvY އިން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެ ފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.