އަމިއްލަ ޕާޓީ މެންބަރުންގެ ވޯޓާއެކު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އަޒުލްކޮށްފިއެވެ.
ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ނެގި ވޯޓު ކާމިޔާބުކޮށް ޔޫން ސުކް ޔޯލް އަޒުލްކޮށްފައި މިވަނީ އޭނާއަށް ކުރިމަތިވި ސިޔާސީ ޕްރެޝަރުން ސަލާމަތްވާން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން އުޅުއްވި މައްސަލައިގައެވެ. މިއަދު ނެގި ވޯޓުގައި ޔޫން ސުކް ޔޯލް ނިސްބަތްވާ ޕާޓީގެ މެމްބަރުންވެސް އޭނާއާ ދެކޮޅަށް ވޯޓުލިއެވެ.
ޔޫން ސުކް ޔޯލް ވަނީ އަޒުލްކުރި ނަމަވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޔޫން ސުކް ޔޯލް އަޒުލުކުރުމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިންވެސް ވޯޓެއް ނެގިއެވެ. ނަމަވެސް އެ ފަހަރު އެ ވޯޓު ކާމިޔާބު ވެފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ