ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެ ކޮމިޓީއާ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ސިޓީގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ސަލީމް ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެ ލޯނު ނަގާފައިވަނީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. ނަމަވެސް އެ ހިސާބުން މެންބަރަކު ވިދާޅުވި އެއްޗަކާ ގުޅިގެން މައިކުގެ އަޑު ކަނޑާލިއެވެ. އޭގެ ފަހުން ލޯނުގެ އިތުރު ތަފުސީލެއް ކޮމިޓީއަށް ހިއްސާކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 13.13 ޕަސެންޓެވެ. ލޯނު އަނބުރާ ދައްކަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. ނަމަވެސް މި ލޯނު ނަގަނީ ކޮން ތަނަކުން ކަމެއް ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު