މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް މެންބަރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެެރެއިން ދަހާ ޝުއައިބު، ހ. ކެރީބިއަން، އެ ބޯޑަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަހާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މީރާގެ ބޯޑަށް މެންބަރަކު އައްޔަންކުރަން ފަސް ބޭފުޅެއްގެ ނަން، ރައީސަށް ފެނިވަޑައިގަންނަވާ ތަރުތީބުން މަޖިލީހަށް ފޮނުއްވިއެވެ.

  • ދަހާ ޝުއައިބު، ހ. ކެރީބިއަން
  • އަހްމަދު ފާއިޒް މުހައްމަދު، އަސްރަފީ ހިޔާ، ލ. މާވަށް
  • އަބްދުﷲ އިމްރާން، މާލަމް، ރ. ހުޅުދުއްފާރު
  • މަހްބޫބު ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
  • އައިމިނަތު އާފިޔާ، ދަފްތަރު ނަމްބަރު 13462

ނަމަވެސް މީގެ ތެރެއިން އަހްމަދު ފާއިޒް މުހައްމަދުގެ ނަން އޭނާގެ އެދުމުގެ މަތިން ފަހުން ވަނީ އަނބުރާ ގެންދަވައިފައެވެ.