އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކަށް އެސްޓީއޯއަށް ދޫކޮށްފައިވާ ކޯޓާގެ ރައިޓްސް އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމުގައި ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ހަކުރު ކޮންޓެއިނަރުތަކަކާ ގުޅިގެން ދެކެވޭ ވާހަކަތަކާ ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އެސްޓީއޯގެ އެއްވެސް ޝިފްމެންޓެއް ގެއްލިފައި ނުވާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރި ހަކުރު ކޮންޓެއިނަރުތަކެއް އޮޅުވާލައިގެން ސްރީލަންކާއަށް އެތެރެކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ އިރު، އެ މައްސަލައިގެ ތަހުގީގު އިންޑިއާގެ ފޮރިން ޓްރޭޑާ ބެހޭ އިދާރާއިން ވަނީ ފަށައިފައެވެ.
ޝާހް ވިދާޅުވީ، އެސްޓީއޯއަށް ކަނޑައަޅާފައިވާ ކޯޓާ އިތުރު އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށާއި އަދި އެސްޓީއޯ އިން އޯޑަރު ޖަހާފައިވާ އެއްވެސް ޝިޕްމަންޓެއް ނުލިބި ނުވާ ކަމަށެވެ.
މީގެ އިތުރުން ޝާހް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަކުރު އެކްސްޕޯޓް ކުރުން މެދުކަނޑާލާފައިވެސް ނުވާ ކަމަށެވެ. އަދި މި މައްސަލައާ އެސްޓީއޯއާ ނުވަތަ ރާއްޖެއާ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ކާޑުގެ ބާވަތް އެތެރެކުރާ އެއް ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު