ދިރާގަށް 2024 ވަނަ އަހަރުގެ ޝަރަފުވެރި ޕައިޕްލައިން އެވޯޑްސްގައި "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ލިބިއްޖެއެވެ.
ދިރާގަށް އެ އެވޯޑް ލިބިފައިވަނީ އެތިޔާއާއެކު ކުރިއަށްގެންދިޔަ އެ ކުންފުނީގެ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީއާރްއެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ.
އެ އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުންޏަށް ދެވުނު އެވޯޑެކެވެ.
ދިރާގުން ބުނީ އެތިޔާގެ ބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށްގެންދިޔަ އެ ޕްރޮޖެކްޓަކީ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކަށް ކުރިއަށްވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ޑިޖިޓަލް އިނޮވޭޝަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މި އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި ކާމިޔާބީން ދައްކުވައިދެނީ އަޅުގަނޑުމެންގެ ހީވާގި ޓީމާއި ޕާޓްނަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުން،" ދިރާގުގެ ސީޓީއައިއޯ، މުހައްމަދު މުއްސަދު ވިދާޅުވިއެވެ.
"ޑިޖިޓަލް މާހައުލުގައި ކުރިއަރަމުން އަންނަ އިރު، އަޅުގަނޑުމެންގެ އުއްމީދަކީ ތަފާތު ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދިވެހިރާއްޖޭގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، މުޖުތަމައުތައް ބާރުވެރި ކުރުވުމަށް،"
ދިރާގުން ބުނީ ޑިޖިޓަލް އީޖާދުތައް ގެނައުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކުރާ ބައިނަލްއަގުވާމީ އެވޯޑު، ޕައިޕްލައިން އެވޯޑު ލިބުމަކީ އެކުންފުނިން މިހާރަށްވުރެ ހަރުދަނާ، މުވާސަލާތީ ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމުގެ ހެއްކެއް ކަމަށެވެ.
ދިރާގުން ވަނީ ޕައިޕްލައިން އެވޯޑްސްއިން އެ ލިބުނު އެވޯޑުގެ އަގުވަޒަންކޮށް، އެ އިންގިލާބީ ދަތުރުގައި ދިރާގާއެކު މަސައްކަތްކުރި ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޑިޖިޓަލް ގޮތުން ރާއްޖޭގެ ކުރިއެރުމަށް ކަމަށް ދިރާގުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު