މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑުރަގް ނައްތާލައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. ރަސްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ޑުރަގުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރު ދުވަހު ކޮށްފައިވާ ކަމަށެވެ. އެގޮތުން 153 ބިދޭސީން ޑުރަގާއެކު ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަމަށާއި އެއީ 2023 ވަނަ އަހަރަށްވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ޑުރަގުގެ މައްސަލަތަކަށް ހިތްވަރު ދޭ ނުވަތަ ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މިހާރު ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 655 ކިލޯގެ ޑްރަގް ނައްތާލާފައިވާ ކަމަށާއި މަގުމަތީގެ އަގަށް ބަލާއިރު އެއީ 1.3 ބިލިއަން ރުފިޔާގެ ޑުރަގް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑުރަގުގެ ވިޔަފާރި ކުރާ 13،000 އަށްވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ޑުރަގުގެ ގާނޫނު ފާސްވުމުން، ރައްޔިތުންނާ ގުޅިގެން ޑުރަގުގެ ޒަމާންވީ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު