ޔޫކޭގައި ތުއްތުކުދީންނަށް ކިޔާ އެންމެ އާންމު ނަމަކީ ''މުހައްމަދު'' ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އިނގިރޭސިވިލާތާއި ވޭލްސްގައި ތުއްތުކުދީންނަށް މިހާރު ކިޔާ އެންމެ އާންމު ނަމަކީ ''މުހައްމަދު'' އެވެ.

އެ ޑިޕާޓްމަންޓުން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު 4600 އަށްވުރެ ގިނަ ތުއްތުކުދީންނަށް ''މުހައްމަދު'' ގެ ނަން ދީފައިވެއެވެ.

2022 ވަނަ އަހަރުވެސް ''މުހައްމަދު'' އަކީ އެ ގައުމުގައި ދެވަނައަށް އެންމެ ގިނަ ތުއްތުކުދީންނަށް ކިޔާފައިވާ ނަން ކަމަށްވެސް އެ މައުލޫމާތުތަކުން އެނގެއެވެ.

މީގެ ކުރިން އެ ގައުމުގައި އެންމެ އާންމު ނަންތަކުގެ ތެރޭގައި ހިމެނޭ ''ވިކްޓޯރިއާ'' އާއި ''ހެރީ'' ގެ އިތުރުން ''ވިލިއަމް'' އަދި ''ޗާލޯޓޭ'' ފަދަ ނަންނަން މިހާރު މަދުވެފައިވާކަމަށް ރިޕޯޓުގައި ވެއެވެ.