އދ. ކުނބުރުދޫގައި ފެނުގެ ނިޒާމު ގާއިމުކޮށް ނިންމައި، ހިދުމަތް ދޭން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން ކުނބުރުދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ 2021ގެ ޑިސެމްބަރު 10 ގައެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެސްކްގައި ރޭ ވިދާޅުވީ، ކަށަވަރުވެގެން ދިޔައީ ވަަރަށް ގިނަ ބައެއްގެ ބުރަ އަދި މިންނެތް މަސައްކަތް ކަމަށެވެ.
"އެކަމަށްޓަކައި މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުންނާ އެކި ހައިސިއްޔަތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްގު ޝުކުރު އަދާކުރާ ހިނދު، ކުނބުރުދޫގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން،" މަތީން ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި އެ މަޝްރޫއުގައި އެ ރަށުގައި 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކަކާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި އަދި ބޯފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބަހައްޓާފައިވެއެވެ.
އޭގެ އިތުރުން ކުނބުރުދޫ ގެތަކުގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިފައިވެއެވެެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު