މާލޭގެ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާލޭގެ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" މަޝްރޫއއުގެ ދަށުންނެވެ.
އެ މަޝްރޫއުއަށް ޖަޕާން ސަރުކާރުން ވަނީ ރާއްޖެއަށް 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، މާލޭގެ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދެވެ. ކޮންސަލްޓަންޓް ޓީމުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންސަލްޓަންޓް ހިރޯމީ ނަމިކީއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ޑިޒައިނިން ފޭސް ނިންމުމަށް ރާވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު