އިންޑިއާގައި މަސްތުވާތަކެތި ސްމަގަލް ކުރުމަށް ސްޓާލިންކް ބޭނުންކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ފުލުހުން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތި ސްމަގަލް ކުރުމަށް ސްޓާލިންކް ބޭނުންކުރާކަން ފާހަގަވެ އެކަމުގެ މައުލޫމާތު ހޯދުމަށް ސްޓާލިންކަށް ހުށަހަޅާފައިވާކަމަށް ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސެޓަލައިޓް ބޭނުންކޮށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެލަން މަސްކުގެ ސްޓާލިންކުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓުގައި އިންޑިއާއަށް އަދި ހިދުމަތް ދީފައި ނުވިނަމަވެސް އިންޑިއާއާ ކައިރީ ކަނޑުގެ ސަރަހައްދަށް ހިދުމަތް ލިބޭކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހަފުތާގައި އިންޑިއާގެ ކޯސްޓްގާޑުން ވަނީ އެ ގައުމު ކައިރިން ފެނުނު މިޔަންމާއަށް ނިސްބަތްވާ ބޯޓަކުން ސްޓާލިންކުގެ ޑިވައިސެއް ފެނިފައިވާކަމަށް ބުނެފައެވެ.

އިންޑިއާގެ ފުލުހުން ވަނީ އެމައްސަލަ ތަހުގީގު ކުރުމަށް ސްޓާލިންކުގެ އެހީއަށްވެސް އެދިފައެވެ.