ލ. އަތޮޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ހެލްތު ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މިއީ ޓްރީ ޓޮޕްއިން މިއަހަރު ބޭއްވި ތިންވަނަ ހެލްތު ކޭމްޕެވެ.
ޓްރީ ޓޮޕުން މިއަދު ބުނީ ލ. އަތޮޅުގައި އެ ހޮސްޕިޓަލުން ހެލްތު ކޭމްޕެއް ބާއްވައިފައި ވަނީ ގަން ރީޖަނަލް ހޮސްޕިޓަލާއި ލ. އަތޮޅު ކައުންސިލާ ގުޅިގެން ކަމަށެވެ. އެ ކޭމްޕުގައި ލ. ގަމާއި އެ ސަރަހައްދުގެ ރަށްތަކުގެ މީހުންނަށް ބޭނުންވެފައިވާ މައްސަލަތަކަށް ކަމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ އެހީތެރިކަމާ އެކު ފަރުވާ ފޯރުކޮށްދީފައިވާނެ ކަމަށެވެ.
- ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންތައް
- މައުލޫމާތު ހިއްސާކުރުމާއި ގުޅުން ބަދަލު ކުރުން
- ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުން
އެފަދަ ހެލްތު ކޭމްޕެއް ބޭއްވުމުގެ ބޭނުމަކީ ސިއްހީ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ސިއްހީ މަޝްވަރާތަކާއި ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުން ކަށަވަރުކުރުމަށްޓަކައި، ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމުގެ ޒަރިއްޔާއިން ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހަރުދަނާކުރުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ޒަމާނީ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށެވެ. ހެލްތު ކޭމްޕްތަކުގައި ސިއްހީ ފަރުވާ ދިނުމުގެ އިތުރުން ސިއްހީ މައުލޫމާތު ދިނުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމުގައި ބޭއްވި ހެލްތު ކޭމްޕުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެ ހިދުމަތް ހޯދި ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. މިއަހަރު ކުރިން ބޭއްވުނު ދެ ހެލްތު ކޭމްޕާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލްއިން ގާތްގަނޑަކަށް 1000 ދިވެހިންނަށް ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު