އަސްކަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލްއާ ދެކޮޅަށް ރައްޔިތުން ނުކުމެއްޖެއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔެއޯލް، އެގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ކުއްލި ބަސްދީގަތުމެއްގައި ވަނީ އަސްކަރިއްޔާއަށް ބާރުތަކެއް ލިބޭ އެ ގާނޫނު ވަގުތީގޮތުން ތަންފީޒުކުރަން ފަށާފައިވާކަން އިއުލާންކުރައްވައިފައެވެ.
މިއީ ދެކުނު ކޮރެއާއިން ވޭތުވެދިޔަ 50 އަހަރު ތެރޭ އެގައުމުގެ އަސްކަރިއްޔާގެ ދަށަށް ބޮޑެތި ބާރުތަކެއް ދޫކޮށްލަން ނިންމި ފުރަތަމަ ފަހަރެވެ.
އޮފިޝަލުން ބުނާގޮތުގައި ސިޔާސީ ޕްރެޝަރުގެ ސަބަބުން ރައީސް ޔެއޯލް އެގޮތަށް ނިންމެވި ނަމަވެސް، އެކަމުގެ ފަހަތުގައި އަޑިނޭނގޭ ކަންތައްތަކެއް ވާނެއެވެ. ރައީސްގެ ނިންމެވުމާ ދެކޮޅު ހަދައި އެގައުމުގެ އާންމުން ވަނީ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް އެއްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަހަރުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު ރައީސް ޔެއޯލްއަށް ގެއްލި، އިދިކޮޅުން ހުށަހަޅައި ފާސްކުރަމުންގެންދާ ބިލުތަކުގެ ސަބަބުން ގައުމު ހިންގަން ދަތިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރައީސްގެ ނިންމެވުމާއެކު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސްގެ ނިންމެވުން ބަދަލުކުރުމަށް ވޯޓުލައިފައެވެ. އެގޮތުން މަޖިލީހުގައި ހިމެނޭ 300 މެމްބަރުންގެ ތެރެއިން 190 މެމްބަރުން އެގޮތަށް ވޯޓުދީފައިވާ އިރު، އެގޮތަށް ވޯޓުދިން މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަޖިލީހުން އެގޮތަށް ނިންމި ނަމަވެސް، އެގައުމުގެ އަސްކަރިއްޔާ އިން މަގުތަކަށް ނުކުމެ، ދައުލަތުގެ އިމާރާތްތަކަށް ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ