އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ގޮތް ހަދައިފިއެވެ.
އުރީދޫން މިއަދު ބުނީ، ލިމިޓުގެ ކަންބޮޑުވުންތަކާ ދުރުވެ، އެއް ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެނޑި އުރީދޫގެ ކަނެކްޓިވިޓީ ކަސްޓަމަރުންނަށް މިހާރު ލިބޭނެ ކަމަށެވެ.
ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފުކުރުމާއެކު އުރީދޫން ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އުރީދޫން ބުންޏެވެ.
- އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
- އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
- ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން
އުރީދޫން ބުނީ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން އެއް ޖީބީޕީއެސްއާ ހަމައަށް ބާރު ސްޕީޑް ހިމެނޭ އިރު، މި އިތުރު ފައިދާތަކާއެކު ކަނެކްޓެޑް ޑިވައިސްތަކުގެ ފުރިހަމައަށް ބޭނުންކުރެވޭނެ ކަމަށެވެ. ފިލްމު މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓްގެ ތަޖުރިބާ ލިބޭނެކަން އުރީދޫން ކަށަވަރުކޮށްދެއެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު