އަމިއްލަ ކުންފުނިތަކުން ސަރުކާރުގެ ޕްރޮޖެކްޓްތަކުން އެޑްވާންސް ފައިސާ ނަގައިގެން ފިލަނީ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ބަނދަރު ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ބައެއް ސުވާކުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަންތައް އެންމެ ބޮޑަށް ހިނގާފައި ވަނީ ނިމިދިޔަ 2023 ވަނަ އަހަރު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން އެގޮތަށް އެކަން ކުރަނީ، ފަހުން އެޑްވާސް ފައިސާއިން ވިޔަފާރި ކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.
"ބައެއް ޕްރޮޖެކްޓްތައް ބިޑްކޮށްގެންވެސް ނަގައިފައި މިހުންނަނީ އެޑްވާންސް ޕޭމަންޓްތައް ނަގައިގެން ދެން ފިލަނީ އެއްވެސް މަސައްކަތެއްނުކޮށް، ދެން ފަސް އަހަރުން 10 އަހަރު ފަހުން ވިޔަފާރި ކުރަނީ،"
ޚަބަރު
ޚަބަރު
ޚަބަރު