ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހަފުތާ ބަންދުގައި ލ. ގަމުގައި ހެލްތް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
ޓްރީ ޓޮޕުން މިއަދު ބުނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ގަމުގައި ބާއްވާ ހެއްތު ކޭމްޕަކީ ގަމާ ގުޅިފައިވާ އަދި ކައިރި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށެވެ.
މި ހެލްތް ކޭމްޕްގައި ހިތުގެ ބަލިތައް، ކިޑްނީ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ކަށީގެ ބަލިތައް، ކަރުން މަތީގެ ބަލިތައް، ހުޅުހުޅުގައި ރިއްސާ ބަލިތައް އަދި ދުޅަހެޔޮ ކެއުމާ ބެހޭ ޑައިޓީޝަން ފަދަ ދާއިރާތަކުން ހިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ހެލްތް ސްކްރީނިންސް އަދި އަވަހަށް ބަލި ދެނެގަތުމާއި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ހޭލުންތެރިކަމުގެ ސެޝަން އެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
- ޑރ. އަމިތް އަގަރްވާލް - ހިތުގެ ބަލިތަކަށް ހާއްސަ
- ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކަށް ހާއްސަ
- ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކަށް ހާއްސަ
- ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކަށް ހާއްސަ
- ޑރ. ތެހްޒީބް ފާރުގީ - ފުއްޕާމޭގެ ބަލިތަކަށް ހާއްސަ
- ޑރ. ޖަޔާ ޕްރަކާޝް ނާދަން - ކިޑްނީ ބަލިތަކަށް ހާއްސަ
- ޑރ. ޖިވާން ޕައުޑެލް - ރާއްޖެ ބައްޔަށް ހާއްސަ
- ރީބާ މޭރީ ތޮމްޗަން - ދުޅަހެޔޮ ކެއުމާ ބެހޭ ޑައިޓީޝަން
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މިފަދަ ހެލްތް ކޭމްޕްތައް ބޭއްވުމަކީ އެ ހޮސްޕިޓަލުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި މި ކޭމްޕްތަކުގައި މަގުސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. މި ކޭމްޕްތަކުގެ ސަބަބުން އެ މަގުސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަމްބަރު 6800026 އަށް ގުޅައި ނަން ނޯޓު ކުރެވޭނެއެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށްގެންދާ ތިން ވަނަ ހެލްތް ކޭމްޕެވެ. މީގެ ކުރިން ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ވަނީ ހެލްތް ކޭމްޕް ބާއްވައިފައެވެ. އެ ކޭމްޕަތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ އިރު، އެ ކޭމްޕްތަކުގައި 1000 އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު