ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދު ލޮކްޑައުންކޮށް، އިންޓަނެޓާއި ފޯނުގެ ހިދުމަތް ބްލޮކްކޮށްފިއެވެ.

އިސްލާމް އާބާދުގައި މި ފިޔަވަޅުތައް އަޅާފައި މިވަނީ ޖަލަށް ލާފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން މިނިވަން ކުރުމަށް ގޮވާލައި އޭނާގެ ޕާޓީ، ޕާކިސްތާން ތެހްރީކް-އެ-އިންސާފު (ޕީޓީއައި) އިން ބޮޑު މުޒާހަރާއަކަށް ތައްޔާރުވާން ފެށުމުންނެވެ.

އިސްލާމް އާބާދު ލޮކްޑައުން ކުރުމުގެ އިތުރުން އެ ސިޓީއާ ގުޅިފައިވާ ހައިވޭތައްވެސް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާންގެ އޮފިޝަލުން ވަނީ މުޒާހަރާތައް ފެށުމަށް ރާވާފައިވަނީ އެ ގައުމުގެ ގަންދަޕޫރުގައި ކަމަށާއި މުޒާހަރާގެ ބައިވެރިން އިސްލާމް އާބާދަށް ވަދެ ހަމަނުޖެހުން ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ބުނެފައެވެ.