ޕާކިސްތާނުގެ ޝީއީންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 38 މީހުން މަރާލައިފިއެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޕާކިސްތާނުގެ ހުޅަނގު އުތުރު ހައިބާ ޕަހުތުންވާ ޕްރޮވިންސްގައި އިއްޔެ ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ ޝީއީ މުސްލިމުންގެ ދެ ގުރޫޕަކަށެވެ.

ޓެރަރިސްޓު ޖަމާއަތަކުން ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހަ އަންހެނުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން އަދި ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކުވެސް ހިމެނޭއިރު 11 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ރިޕޯޓްތައް ބުނެއެވެ

ހަމަނުޖެހުން ބޮޑުވެފައިވާ ހައިބާ ޕަހުތުންވާ ޕްރޮވިންސްގައި ދާދިފަހުން ވަނީ ހަނގުރާމަވެރި ގުރޫޕްތަކުގެ މެދުގައި ބަދަލުކުރި ހަމަލާތަކުގައި އެތައް ސަތޭކަ މީހުން މަރުވެފައެވެ.