ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތުގެ ދަށުން، 60 މީޓަރުގެ ފުރަތަމަ ބްރިޖުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމައިފިއެވެ.
މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުގެ ދަށުން ބްރިޖު ފައުންޑޭޝަންގެ މަސައްކަތް ފެށީ ނިމިދިޔަ 2023ގެ މާޗް 26 ގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ އެޕްރޯޗް ރޯޑް އާއި ރިވެޓްމެންޓްގެ މަސައްކަތް ކަމަށެވެ.
ޖުމުލަ 79.4 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
- 285 ސްޕަން ޕައިލް ހަރުކުރުން
- 4596 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުން
- 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
- 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން
- 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން
- އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި ރެއިލިންގު އެޅުމާއި މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާން ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު