ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހިއްސާގެ ބަދަލުގައި އެ ކުންފުންޏަށް 1.3 ބިލިއަން ރުފިޔާގެ 19 ބިމެއް ފިނޭންސް މިނިސްޓްރީން ދީފިއެވެ.
އެފްޑީސީއަކީ 100 ޕެސަންޓު ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގައި 200 މިލިއަން ހިއްސާ އޮވެއެވެ. އެ 200 މިލިއަން ހިއްސާގެ އަގަށްވާ ދެ ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން އަގު އަދާނުކޮށް 107 މިލިއަން ހިއްސާ އޮތެވެ.
ފިނޭންސުން 19 ބިމެއް އެފްޑީސީއަށް މިލްކުކޮށްދިނީ އެ 107 ހިއްސާގެ އަގުގެ ގޮތުގައެވެ. އެފްޑީސީއާއި އަދި ފިނޭންސުން އެއްބަސްވެފައިވަނީ އެ ހިއްސާތަކުގެ އަގަކީ 1.3 ބިލިއަން ރުފިޔާ ކަމަށެވެ. އެފްޑީސީއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ހިނގި މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބަންޑާރަ ގޯތި އަމިއްލަކުރަން ސަރުކާރަށް ދައްކަން ޖެހޭ އަގު ފައިސާއިން ދެއްކުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި، ވިއްކުމުގެ އަގު އަދާކުރަން ޖެހޭނީ ފައިސާއިން ކަމަށް ގާނޫނެއްގައި ވެސް ގަވާއިދެއްގައި ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އެފްޑީސީއާއި ފިނޭންސާ ދެމެދު ހިނގި މި މުއާމަލާތަށް ބަލާއިރު މި މައްސަލާގައި ހިމެނޭ މުގާބިލަކީ މަގުބޫލު ނުވަތަ ފުދޭނެ، އެ ލިބިގަންނަ ފަރާތަށް އަގުކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ގަނެ ވިއްކުމުގެ މި މުއާމަލާތުގެ ރުކުން ފުރިހަމަ ވެ، ވިޔަފާރީގެ އަގު ހަލާސްވެގެންވާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ސިވިލް ކޯޓުގައި ހުކުމުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު