ބޮލީވުޑަށް މުހިއްމު ހިދުމަތްތަކެއް ކޮށްދިން މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރާކޭޝް ރޯޝަން ޑައިރެކްޝަނުން ރިޓަޔާ ކުރިކަން އިއުލާނުކޮށްފޮއެވެ. މި ހަބަރު ލިބިފައި މިވަނީ އޭނާގެ އައިކޮނިކް ފިލްމު ‘ކަރަން އަރްޖުން’ އަލުން ރިލީޒް ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ރާކޭޝް ވަނީ ފިލްމުތައް ޕްރޮޑިއުސް ކުރަމުން ދިޔަ ނަމަވެސް ދެން ޑައިރެކްޓްކުރުމުގެ ރޯލުތައް ނުނަގާނެކަން ކަށަވަރުކޮށްދީފަ އެވެ.
"ދެން ޑައިރެކްޓް ކުރާނަމެކޭ ހިތެއް ނުބުނޭ. އެކަމަކު ވަރަށް އަވަހަށް ‘ކްރިޝް 4’ އިއުލާން ކުރާނަން." ރާކޭޝް ބުންޏެވެ.
މި އިއުލާނާއެކު ފޭނުން ތިބީ ރާކޭޝްގެ ދަރިފުޅު ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމާ ބެހޭ އިތުރު ތަފްސީލުތައް ހޯދުމަށް ކެތްމަދުވެފައި އެވެ.
"ކްރިޝް" ފްރެންޗައިޒް ފެށިގެން އައީ 2003 ވަނަ އަހަރު ރިލީޒްކުރި ސައި-ފައި ފިލްމު "ކޮއި މިލް ގާޔާ" އިން ބެލުންތެރިންނަށް ތައާރަފުކޮށްދިން ކެރެކްޓަރު ރޯހިތު މެހެރާ އާއި އޭނާގެ ސުޕަހިއުމަން ދަރިފުޅު ކްރިޝްނާ އިންނެވެ. 2006 ވަނަ އަހަރު "ކްރިޝް" އިން ފްރެންޗައިޒް ފުޅާވެ، 2013 ވަނަ އަހަރު "ކްރިޝް 3" ރިލީސްކުރިއެވެ.
ޑައިރެކްޝަނާ ދުރަށް ދާން ރާކޭޝް ނިންމުމަކީ އޭނާގެ ކެރިއަރަށް ގެންނަ ބޮޑު ބަދަލެކެވެ. ފިލްމު އުފެއްދުންތެރިއެއްގެ ގޮތުގައި އޭނާގެ ލެގަސީގައި ހިމެނެނީ ހަމައެކަނި ކާމިޔާބު "ކްރިޝް" ފިލްމުތަކުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުންވެސް އިންޑިއާގެ ސިނަމާގައި ފޮހެވިގެން ނުދާނެ ފާހަގަކޮށްލެވޭ އެހެން އެތައް ފިލްމެއް ވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން