އެމެރިކާގެ ފިހާރަތަކުގައި އޯގަނިކް ކެރެޓު ވިއްކުން މަނާކޮށްފިއެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ އެ ގައުމުގައި ވިއްކަމުން އަންނަ އޯގަނިކް ކެރެޓުން އީ-ކޮލީ ބެކްޓީރިއާގެ އަސަރު ފެނިފައިވާކަމަށާއި މިހާތަނަށް އެކަކު މަރުވެފައިވާކަމަށް ވެސް ބުނެފައެވެ.

ސީޑީސީ އިން ވަނީ މި ބެކްޓީރިއާގެ އަސަރު ފެނިގެން އެމެރިކާގެ 18 ސްޓޭޓަކުން 39 ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި 15 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.

ބެކްޓީރިއާ ފެތުރެން ފެށުމުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެބާވަތުގެ ކެރެޓުތައް ފިހާރަތަކުން ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުން ބުނެއެވެ.

އީ-ކޮލީ ބެކްޓީރިއާގެ ބަލިމީހުން އެންމެ ގިނައިން ފެނިފައިވަނީ ނިއުޔޯކާއި މިނެސޯޓާގެ އިތުރުން ވޮޝިންޓަނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީ-ކޮލީ ބެކްޓީރިއާ ހަށިގަނޑަށް ވަދެއްޖެ ނަމަ އެމީހަކަށް ސިއްހީ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބޭރަށް ހިންގުމާއި އަކުނިވަޔަށްދެމުމުގެ އިތުރުން ހޮޑުލެވުންވެސް ފާހަގަކުރެވެއެވެ.

އޮފިޝަލުން ވަނީ އެކި ބަލިތަކުގައި ދިގުމުއްދަތަކަށް ބޭސްކާ މީހުންނަށް މިބެކްޓީރިއާއިން ލިބޭ ގެއްލުން ބޮޑުކަމަށް ފާހަގަކޮށްފައެވެ.