ވިކްރަންޓް މެސީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދަ ސަބަމަޓީ ރިޕޯޓް" ސިނަމާތަކުގައި ރިލީޒްކޮށްފައި ވަނީ ނޮވެމްބަރު 15 ވީ ހުކުރު ދުވަހު އެވެ. މި ފިލްމަކީ 2002 ވަނަ އަހަރު ގޯދްރާ ރޭލު އެނދި ހާދިސާއާއި، ގުޅިގެން މެދުވެރިވި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިހާތަނަށް ފިލްމަށް މިކްސްޑް ރިވިއުތަކެއް ލިބިފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ފިލްމަށް ތައުރީފުކުރައްވައި، ފިލްމުގައި ދައްކަނީ ހަގީގީ ހާދިސާތައް ކަމަށް ވިދާޅުވެފައެވެ.

މޯދީ ވަނީ މި ފިލްމާ ގުޅޭ ބައެއް ޕޮއިންޓްތައް ލިޔުއްވައި، އަލޮކް ބަޓް ޝެއާ ކުރެއްވި ޓުވީޓަކަށް ރައްދުވެސް ދެއްވައިފަ އެވެ. މޯދީ މި ޓްވީޓް އަލުން ހިއްސާކުރައްވައި ވިދާޅުވީ "ރަނގަޅަށް ބުނި. މި ހަގީގަތް ފާޅުވަމުންދާ ކަމީ ރަނގަޅު ކަމެއް، އަދި އެކަން ވެސް އާންމުންނަށް ފެންނަ ގޮތަށް. ފޭކް ނެރެޓިވެއް ދެމިއޮންނަނީ ކުރު މުއްދަތަކަށް. އެންމެ ފަހުން ...."

[ބޮޑުވަޒީރު މޯދީގެ ޓުވީޓު](https://x.com/narendramodi/status/1858086721180586287?s=46&t=bF2CkNzlB_MLoI7sJuGppQ)

ވިކްރާންޓް މެސީގެ އިތުރުން މި ފިލްމުގައި ރާޝީ ޚާނާ އާއި ރިއްދީ ޑޯގްރާ ވެސް ފެނިގެންދެ އެވެ. ވިކްރާންޓް މަގުބޫލު ވެގެންދިޔައީ އޭނާގެ ފިލްމު "ޓުވެލްތް ފެއިލް' ތައުރީފުކޮށް ބޮކްސް އޮފީހުގައި ސްލީޕާ ހިޓް ފިލްމަކަށް ވުމުންނެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ އޯޓީޓީން ރިލީޒްކުރި "ހަސީން ދިލްރުބާ 2" އިންނެވެ.