އަންނަ އަހަރު 100 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ އެކަން އިއުލާން ކުރައްވައިފައެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލް އިދާރާތައް ހުރީ ބޮލަށް ވެއްޓޭ ހިސާބުގައި ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ދެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ދެ މަޝްރޫއެއް މި ހިންގަނީ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު އަޅައިދޭނަން. އަނެއް މަޝްރޫއުއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ސަރުކާރުން އެ އޮންނަ އުސޫލަކުން ޕޭކުރާ ގޮތަށް އަދި އިތުރު 50 ރަށް. އެހެންވީމަ ޖުމުލަ 100 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު އަޅަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ އިމާރާތްތަކުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު