ސައުދީން މިއަހަރުގެ މިހާތަނަށް ގައުމުން ބޭރުގެ 100 އެއްހާ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުތަކުން ވަނީ ސައުދީން މިހާތަނަށް އެ ގައުމުން ބޭރުގެ 100 އެއްހާ މީހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށާއި މިއަހަރު މިއީ އެ އަދަދު އިތުރުވެފައިވާ އަހަރެއް ކަމަށް ފާހަގަކޮށްފައެވެ.
ސައުދީން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ސާބިތުވެފައިވާ ޔަމަނުގެ މީހަކު މަރާލައިފައެވެ. އޮފިޝަލުން ވަނީ އެ މީހާގެ މަރާއެކު އަދަދު 101 އަށް އަރާފައިވާކަމަށް ބުނެފައެވެ.
ސައުދީގައި 2022 އަދި 2023 ވަނަ އަހަރު ތަންފީޒުކޮށްފައި ވަނީ 34 ވަރަކަށް މީހުންގެ މަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ