"ޕުޝްޕާ 2: ދަ ރޫލް" އަކީ ސޯޝަލް މީޑިއާގަައި ވަރަށް ބޮޑު ހަލަބޮލިކަމެއް އުފައްދަމުންދާ ފިލްމެކެވެ. ފިލްމު އުފެއްދި ފަރާތްތަކުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމުގެ އޮފިޝަލް ޓްރެއިލާ އިއްޔެ ވަނީ ރިލީސްކޮށްފައެވެ. މި ޓްރެއިލާ ރިލީސްކުރީ ހާއްސަ ރަސްމިއްޔާތެއް ބިހާރުގެ ޕަޓްނާގައި ހުންނަ ގާންދީ މައިދާނުގައެވެ.
ވީޑިއޯ ޔޫޓިއުބަށާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އަޕްލޯޑްކުރުމަށްފަހު، ރިލީޒްކުރި ފުރަތަމަ ގަޑިއިރު ތެރޭގައި އެތައް މިލިއަން ވިއުސްއެއް ލިބިފައިވެއެވެ.
މިތްރީ މޫވީ މޭކާސްގެ ޔޫޓިއުބް ޗެނަލްގައި އަޕްލޯޑްކުރި 'ޕުޝްޕާ 2: ދަ ރޫލް' ގެ ތެލިނގު ޓްރެއިލާއަށް އެކަނިވެސް އެއް ގަޑިއިރުގެ ތެރޭގައި 4.3 މިލިއަން ވިއުސް ލިބިފައިވެއެވެ. ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 5.66 މިލިއަން ވިއުސް ލިބިފައިވެއެވެ.
[ޕުޝްޕާ 2 ޓްރެއިލާ](https://youtu.be/1kVK0MZlbI4)
ހިންދީ ޓްރެއިލާ ރިލީޒްކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި 2.9 މިލިއަން ވިއުސް ލިބިފައިވާއިރު އެ ޓްރެއިލާ ބެލި މީހުންގެ އަދަދު ދެގަޑިއިރު ތެރޭގައި 4.03 މިލިއަނަށް އަރަ އެވެ. ތަމަޅަ ވާޝަން އަށް ގަޑިއިރެއްގެ ތެރޭގައި ޔޫޓިއުބްގައި 6 ލައްކަ ވިއުސް ލިބިފައިވެއެވެ.
އަލްލު އަރްޖުން ޕުޝްޕާ ރާޖްގެ ގޮތުގައި އަނބުރާ އައުމާއި، ރޭޝްމިކާ މަންދަންނާގެ ސްރީވަލްލީ އަދި ފަހަދު ފާސިލްގެ އެސްޕީ ބަންވަރު، ސިންގް ޝެކާވަތް އައިޕީއެސް ފެނުމަކީ ފިލްމުގެ ފޭނުންނަށް އެންމެ އުފާ ލިބޭ އެއްކަމެވެ.
ފިލްމު އުފެއްދި ފަރާތްތަކުން މި ޕާޓުގައި އަލްލު އަރްޖުންގެ ކެރެކްޓަރުގެ މަޝްހޫރު 'ޕުޝްޕާ އިޒް ފަޔަރ' ޑައިލޮގް ބަދަލުކޮށްފައި ވަނީ 'ޕުޝްޕާ އިޒް ވައިލްޑްފަޔަރ' އަށެވެ.
ސުކުމާރު ޑައިރެކްޓުކުރާ 'ޕުޝްޕާ 2: ދަ ރޫލް' ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 5 ވަނަ ދުވަހު އެވެ. މި ފިލްމުގައި ޖަގަޕަތި ބާބު، ދަނަންޖަޔާ، ރާވޯ ރަމޭޝް، ސުނިލް، އަދި އަނަސޫޔާ ބަރަދްވާޖް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މިޔުޒިކް ޑައިރެކްޓަރަކީ ދޭވީ ސްރީ ޕްރަސާދް އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން