ސަލްމާން ޚާން އަދި ޝާހުރުކް ޚާންގެ "ކަރަން އަރްޖުން" އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ރާކޭޝް ރޯޝަން ޑައިރެކްޓުކުރި މި އެކްޝަން ފިލްމް ސިނަމާތަކަށް ރިލީޒްކުރީ 1995 ވަނަ އަހަރުއެވެ. މި ފިލްމުގައި ދެ ސުޕަސްޓާރުން ފެނުނީ އެއްބަނޑު އެއްބަފާ ދެ އަހުންގެ ގޮތުގައެވެ. މި ފިލްމު 30 އަހަރަށްފަހު މި ހަފުތާގައި އަލުން ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި، "ކަރަން އަރްޖުން" ގެ މޮޑަން ވާޝަނެއް ހަދާނަމަ ހޮވާނީތޯ ކޮން ބައެއްތޯ، ރާކޭޝްއާ ސުވާލުކުރުމުން، އޭނާ ހުށަހެޅީ ރިތިކް ރޯޝަން އަދި ރަންބީރު ކަޕޫރުގެ ނަމެވެ. މިއީ ފިލްމުގައި ކާސްޓުކުރެވިދާނެ ބަދަލު ޖޯޑެއްގެ ގޮތުގައެވެ.
ރާކޭޝް ވަނީ ފިލްމު ސީކުއަލެއް އަލުން ހެދުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ބުނެފައެވެ.
ފިލްމަށް އެންމެ ފުރަތަމަ ސަލްމާން އަދި ޝާހު ކާސްޓުކުރަން ނިންމި ސަބަބު ވެސް ރާކޭޝް ކިޔައިދިނެވެ.
"ސަލްމާންގެ ފިޒީކް ވަރަށް ރަނގަޅު. އެދުވަސްވަރު އެހެން އެކްޓަރުންގެ ތެރެއިން އެކެއްގެވެސް އެވަރުގެ ފިޒީކެއް ނުހުރޭ. އޭނާ ފެށީ ފިޓްނެސްގެ ޓްރެންޑެއް. އޭނާއަށް ސަމާލުކަން ލިބޭނެކަން އަހަރެންނަށް އެނގުނު. އަހަރެން ބޭނުންވީ ކަރަންގެ ދައުރަށް އެކަހަލަ މީހެއް. މީހަކު ހިމޭނުން ހުރެފަ އޭނާގެ ލޯތަކުން ވާހަކަދައްކާ ފަދަ މީހެއް. އޭނާ އެ ރޯލާ ވަރަށް ގުޅޭ. އަހަރެން ޝާހުއާއެކު 'ކިންގް އަންކަލް' (1983) ގައި މަސައްކަތްކޮށްފައިވާނެ. އަދި 'ފައުޖީ' ގައި އޭނާގެ ރޯލު ވެސް ވަރަށް ބޮޑަށް ކަމުދިޔަ. އެހެންވެ އަހަރެން ބޭނުންވީ އޭނާ އަރްޖުންގެ ގޮތުގައި ގެންނަން." ރަކޭޝް ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން