އާމިރު ޚާން އޭނާގެ ދަރިފުޅު އީރާ ޚާނާ އޮތް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އާމިރު ބުނެފައިވާ ގޮތުގައި އެމީހުންގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކުގައި ތެރަޕީ ހޯދަން ވަނީ ފަށާފައެވެ.

ނެޓްފްލިކްސް އިންޑިއާގެ ވީޑިއޯއެއްގައި، އާމިރު ފީޗާކޮށްފައިވަނީ އޭނާގެ ދަރިފުޅު އީރާ އަދި ޑރ. ވިވެކް މުރުތީއާ އެކުގައެވެ. މި ވީޑިއޯގައި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ވާހަކަދައްކާފައިވެއެވެ.

"ތެރަޕީއަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެއް. އެކަމުގެ ބޭނުން އޮތްކަމަށް ހީވާ ކޮންމެ މީހަކުވެސް ތެރަޕީ ހޯދުމަށް އަހަރެން ވަރަށް ބޮޑަށް ލަފާދޭން. އެއީ އަހަރެންނަށް އެހީތެރިވެދިން ކަމެއް. ހަގީގަތުގައި، އީރާ އާއި އަހަރެންވެސް މިހާރު އެކުގައި ތެރަޕީ ހޯދަން ފަށައިފިން. އަހަރެމެން ދެމީހުން ތެރަޕިސްޓެއްގެ ގާތަށް ދަނީ އަހަރެމެންގެ ގުޅުމަށް ޓަކައި. އެ ގުޅުން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުމަށާއި، އަހަރުތަކެއް ވާންދެން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށް،" އާމިރު ބުންޏެވެ.

އީރާ ހިއްސާކުރި ގޮތުގައި މިއީ މުހިންމު ކަމެކެވެ. އެއީ މައިންބަފައިންނާއެކު އޮންނަ ގުޅުމަށް މަސައްކަތްކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

އީރާއަކީ އާމިރުގެ ފުރަތަމަ ކައިވެނިން (ރީނާ ދައްތާ) އަށް ލިބިފައިވާ ކުއްޖެކެވެ. އާމިރު އާއި ރީނާ ވަރިވީ 2002 ވަނަ އަހަރުއެވެ. އީރާ ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރީ 2019 ވަނަ އަހަރުއެވެ. އެއީ "ޔޫރިޕިޑީސް މެޑިއާ" ގެ ނަމުގައި ކުޅުނު ޑްރާމާއެއްގަ އެވެ. މި ޑްރާމާގެ މައި ރޯލުގައި ފެނުނީ ހޭޒަލް ކީޗް އެވެ.