ސިއްހީ ހާލަތު ގޯސްވެ، އަވަސް ފަރުވާ ހޯދުމަށްޓަކައި ގޯވިންދާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ތަޖުރިބާކާރު އެކްޓަރު އަދި ޝިވް ސޭނާގެ ލީޑަރު ގޯވިންދާގެ ހާލު ދެރަވީ، އިއްޔެ ޖަލްގާވްގައި މަހާޔުތީއަށް ކުރަމުންދިޔަ ކެމްޕޭނެއްގެ ތެރޭގައި އުޅެނިކޮށް ކަމަށާއި މުމްބާއީގައި ހުންނަ ހޮސްޕިޓަލަކަށް އޭނާ ގެންދިޔައީ ހެލިކޮޕްޓަރެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ފުރަތަމަ ކުދި އުނދަގޫތަކެއް ވާން ފެށި ނަމަވެސް، ހާލަތު ގޯސްވުމާ ގުޅިގެން، މުމްބާއީގެ ބޮޑު ހޮސްޕިޓަލަކަށް އަވަހަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދިނީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ބަދަލުކުރެވުނުއިރު އާއިލާއާއި ރައްޓެހީން އޭނާއާއެކު ދަތުރުކުރިއެވެ. އަދި ހޮސްޕިޓަލަށް ގެންދެވުމާއެކު އަވަސް ފަރުވާ ދެވުނެވެ.
ގޯވިންދާ އަދި އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުރު އެއްވެސް ބަޔާނެއް މިއަދު ހެނދުނާއި ހަމަޔަށް ނެރެފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން