އެމެރިކާގެ ސައުތުވެސްޓް އެއާލައިންގެ ފްލައިޓެއް ފުރަން ތައްޔާރުވަނިކޮށް ވަޒަނެއް އަރައިފިއެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑަލަސް ލަވް ފީލްޑް އެއާޕޯޓުގެ ރަންވޭގައި އޮތް ސައުތުވެސްޓް އެއާލައިންގެ ފްލައިޓަށް ވަޒަން އަރާފައިވަނީ އެ ފްލައިޓުގެ ކަނާތްފަރާތުން ފްލައިޓުގެ ތިރިއަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޑައްލަސް އިން އިންޑިއާނާޕޮލިސް އަށް ދަތުރުކުރަން ތައްޔާރުވެފައި އޮތް އެ ފްލައިޓަށް ވަޒަން އެރުމާއެކު ވަނީ އަނބުރާ ގޭޓަށް ގެނެސް މީހުން ހުސްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާއަށް ފަހު ފްލައިޓުން ދަތުރުކުރި މީހުން އެ މީހުންގެ މަންޒިލަށް ގެންދިއުމަށް އެހެން ފްލައިޓުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެއާލައިނުން ބުނެއެވެ.
ވަޒަން އެރި ފްލައިޓު ހިދުމަތުން ދުރުކޮށް ސަލާމަތީބާރުތަކާއި ހަވާލުކޮށްފައިވާކަމަށާއި އިދާރާތަކުން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އޮފިޝަލުން ވަނީ އެ ހަމަލާ ދިނީ ކިހިނެއް ކާކުކަން އަދި ހޯދިފައި ނުވާކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވެސް ނުވާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ