މަޝްހޫރު އެކްޓްރެސް، ދިޝާ ޕަޓާނީގެ ބައްޕަ ޖަގްދީޝް ސިންގް ޕަޓާނީ 25 ލައްކައިގެ ސްކޭމެއްގައި ޖެހިއްޖެއެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުން، ރިޓަޔަޑް، ޑެޕިއުޓީ އެސްޕީ ޖަގްދީޝް ސިންގް ޕަޓާނީއަށް 25 ލައްކަ ރުޕީސްގެ މަކަރެއް ބަޔަކު ހަދާފައިވާކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. ރިޕޯޓުގައިވާ ގޮތުން، މި މަކަރު ހަދާފައިވަނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އެމީހުން އޭނާއަށް ސަރުކާރުގެ ކޮމިޝަނެއްގައި މަތީ މަގާމެއް ދޭނެ ކަމަށް ވައުދުވެފައިވާ ކަމަށް ފުލުހުންނަށް އޭނާ ހުށަހެޅި ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ.
"ޝިވެންދްރާ ޕްރަތާޕް ސިންގް، ދިވާކަރް ގަރްގް، ޖުނާ އަކާރާގެ އާޗާރްޔާ ޖަޔަޕްރަކާޝް، ޕްރީތީ ގަރްގް، އަދި ނަން ނޭނގޭ މީހެއްގެ މައްޗަށް މަކަރުހެދުމާއި، ކުށުގެ ބިރުދެއްކުމާއި، އަދި ބިރުދައްކައިގެން ފައިސާ ހޯދުމުގެ މައްސަލައެއް ރަޖިސްޓްރީކޮށްފައިވެއެވެ. ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް، ހަރުކަށި ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ" ކޮޓްވާލީ ފުލުސް ސްޓޭޝަންގެ އިންޗާޖް ޑީކޭ ޝަރްމާ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ޝަކުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖަގްދީޝް ވަނީ އޭނާ ކުރިން ދަންނަ މީހެއް ކަމަށްވާ ޝިވެންދްރާ ޕްރަތާޕް ސިންގްގެ މައްޗަށް ތުހުމަތުކޮށްފައެވެ. އެގޮތުން ޖަގްދީޝްއަށް ދިވާކަރް ގަރްގް އަދި އާޗާރްޔާ ޖަޔަޕްރަކާޝް ތައާރަފުކޮށްދިން ކަމަށް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ މަކަރުވެރިން އޭނާއަށް ސަރުކާރުގެ ކޮމިޝަނެއްގެ ޗެއާމަން ނުވަތަ ވައިސް ޗެއާމަން ނުވަތަ އެފަދަ މަތީ މަގާމެއް ދޭނެ ކަމަށް ވައުދުވެފައިވެއެވެ.
ތުހުމަތުކުރެވޭ ފަރާތްތަކުން ޖަގްދީޝް ސިންގް ޕަޓާނީގެ އިތުބާރު ހޯދުމަށްފަހު، އޭނާގެ އަތުން 25 ލައްކަ ރުޕީސް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ ތެރޭގައި 5 ލައްކަ ރުޕީސް ނަގުދު ފައިސާގެ ގޮތުގައާއި، 20 ލައްކަ ރުޕީސް ތަފާތު ތިން ބޭންކު އެކައުންޓަކަށް ޓްރާންސްފާ ކުރުމުގެ ގޮތުގައި ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން