'ސްޓްރީ 2' ގެ ސްޓާ ޝްރައްދާ ކަޕޫރު ދެން ފެނިގެންދާނީ ފިލްމު 'ނާގިން' އިން ކަމަށް ފިލްމުގެ ޑައިރެކްޓަރު ނިކިލް ދްވިވެދީ ބުނެފިއެވެ.
ދްވިވެދީ ދިން އިންޓަވިއުއެއްގައި ވޏީ މި ފިލްމާ ބެހޭ ބައެއް މައުލޫމާތު ހިއްސާކޮށް، ޝްރައްދާ މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ޝައުގުވެރިވެފައިވާ ކަމަށް ބުނެފައެވެ.
'ނާގިން' އަކީ ފެށުނީއްސުރެ އެންމެންގެ މެދުގައިވެސް ދެކެވޭ ވާހަކައެކެވެ. ނިކިލް ބުނީ ސްކްރިޕްޓް ނިންމުމުގެ ކުރިން ވަރަށް ގިނަ ފަހަރު އަލުން ލިޔެވުނު ކަމަށާއި، މި ސްކްރިޕްޓް ތައްޔާރުކުރުމަށް 3 އަހަރު ހޭދަވެފައިވާ ކަމަށެވެ. ފިލްމުގައި ޝްރައްދާ ފެންނާނީ ސިފަ ބަދަލުވާ ހަރުފައެއްގެ ދައުރުން ކަމަށާއި، އެކްޓްރެސްއަށް މި ދައުރު ހުށަހެޅުނު އިރު އޭނާ އުފަލުން ގަބޫލުކުރި ކަމަށް ވެސް ނިކިލް ބުންޏެވެ.
މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ދާދި ފަހުން، ޝްރައްދާ އަލޫ އަރްޖުންގެ ތެލުގު އެކްޝަން ތްރިލަރ 'ޕުޝްޕާ 2: ދަ ރޫލް' ގައި ހާއްސަ ލަވައެއް ކުޅުމާ ބެހޭގޮތުން މަޝްވަރާކުރަމުން ދިޔައެވެ. އެހެންނަމަވެސް، ރިޕޯޓުތަކުގައިވާ ގޮތުން މަޝްވަރާތައް ފްލޮޕްވެ، އެންމެ ފަހުން އެ ދައުރު ލިބުނީ ސްރީލީލާއަށެވެ.
ޝްރައްދާ ކަޕޫރަށް މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. ކުރިން، ރަންބީރު ކަޕޫރާއެކު ކުޅުނު 'ތޫ ޖޫޓީ މައިން މައްކާރު' ފިލްމުން އޭނާއަށް ތައުރީފާއި ބޮކްސް އޮފީހުގެ ކާމިޔާބު ލިބުނެވެ. އަދި އޭނާގެ އެންމެ ފަހުގެ ފިލްމު 'ސްޓްރީ 2' ގައި ރާޖްކުމާރު ރާއޯ، ޕަންކަޖް ޓްރިޕާތީ، އަޕާރްޝަކްތި ކުރާނާ އަދި އިތުރު ބަޔަކާއެކު ކުޅެފައިވާ ފިލްމު އަދިވެސް ސުރުހީތަކުގައި ހިމެނެމުންދެއެވެ. މި ފިލްމުން ގިނަ ރެކޯޑުތަކެއް ހަދާފައިވެއެވެ. އަދި ޝްރައްދާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ލިބިފައިވެއެވެ. ފޭނުންނާއެކު ބޭއްވި ސޯޝަލް މީޑިއާ ހަފުލާއެއްގައި ޝްރައްދާ ވަނީ 'ސްޓްރީ 3'ގެ އިޝާރާތްވެސް ކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން