ހުޅުމާލެ ކައިރިން ޑައިވިނަށް ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ 45 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ.

ފުލުހުން ދެންމެ ބުނީ މާފުށިން ޑައިވިނަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދީގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާއަށް މިޔަރު ހަމަލާދީފައިވަނީ ހުޅުމާލެ ކައިރީ އޮންނަ ޝާކް ޓޭންކް ޕޮއިންޓަށް ގޮސް އުޅެނިކޮށެވެ.