މިއަހަރުގެ ކުރީކޮޅު ފަރުހާން އަޚްތަރު، ވަނީ 'ޑޮން 3' ރަންވީރު ސިންގް އާއެކު އަންނާނެކަން ޔަގީންކޮށްދީފައެވެ. ފަހުގެ ހަބަރުތައް ބުނާގޮތުގައި މި ކާމިޔާބު ފްރެންޗައިޒްގެ ތިންވަނަ ބައިގައި އެކްޓަރު ވިކްރަންތް މަސްސޭ ވެސް ބައިވެރިވާނެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާގޮތުން ވިކްރާންތު މި ފިލްމުގައި މައިގަނޑު ވިލަން ގެ ރޯލު އަދާކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން، 'ޑޮން 3' ގައި ރަންވީރާ ދެކޮޅަށް މައިގަނޑު އެންޓެގޮނިސްޓްގެ ދައުރު އަދާކުރުމަށް ވިކްރަންތާ ވާހަކަ ދެކެވިފައިވާ ކަމަށާއި، ނަމަވެސް އޭނާ އަދި މި ހުށަހެޅުމަށް ސޮއި ދީފައި ނުވާ ކަމަށްވެސް ވެއެވެ.

ވިކްރަންތް އަދި ފަރުހާން މި ރިޕޯޓު ޔަގީންކޮށްދީފައި ނުވިނަމަވެސް، މި ހަބަރުން ފޭނުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވެއެވެ.

މިއަހަރު ކުރީކޮޅު ފަރުހާން ވަނީ ޑޮން 1 އަދި 2 ގައި ފެނިގެންދިޔަ ޝާހުރުކް ޚާން 3 ވަނަ ބައިން ބަދަލު ކުރިގޮތުގެ ވާހަކަ ކިޔައިދީފައެވެ. އޭނާ ބުނިގޮތުގައި ބޭނުންވީ ޒުވާން އަދި ނިއު ޖެނެރޭޝަންގެ ސްޓާރެއް ލައްވައި އެ ރޯލު ކުޅުވުމަށެވެ. ރަންވީރު ހޮވީ އެހެންވެއެވެ.

ވިކްރާންތް ވަނީ މީގެ ކުރިން "ސެކްޓަރ 36" ގައި ނުބައިބައި ރޯލު (ސައިކޯޕެތަޓިކް ކިލާ) އެއްގެ ރޯލު އަދާކޮށްފައެވެ. އޭނާ ކުޅެފައިވާ އެ ރޯލަށް ވަނީ ފޭނުންނާއި ފިލްމު ކްރިޓިކްސްގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްސް ލިބިފައެވެ.