ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު އާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތު މުމްބާއީގެ ވޯލީ ސަރަހައްދުގައި ހުންނަ އެ ދެމަފިރިންގެ ލަގްޒަރީ އެޕާޓްމަންޓެއް މަހަކު 20 ލައްކަ ރުޕީސްއަށް ކުއްޔަށް ދީފިއެވެ.
މި ދެ މީހުންގެ ޕްރޮޕަޓީ ހުންނަނީ އޮބެރޯއި ރިއަލިޓީގެ "ތްރީ ސިކްސްޓީ ވެސްޓް" ގައެވެ. މި ޕްރޮޕަޓީގެ ބޮޑުމިނަކީ 5,395 އަކަފޫޓެވެ. އަދި މި ޕްރޮޕަޓީ ފަހުން ކުއްޔަށް ދީފައިވަނީ ޑީ'ޑެކޯ ހޯމް ފެބްރިކްސްގެ ސީނިއަ އެގްޒެކެޓިވެއް ކަމަށްވާ ދިޕަން ބުޕްތާނީ އަށެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހު ރަޖިސްޓްރީ ކުރި މި ކުލީގެ އެއްބަސްވުމަކީ ފަސް އަހަރުގެ މުއްދަތަށް ހެދިފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1.23 ކްރޯޑު ރުޕީސް ދައްކަން ޖެހެއެވެ.
ސްކޮޔާ ޔާޑްސްގެ ޕްރޮޕަޓީ ލިޔެކިޔުންތަކަށް ބިނާކޮށް ހިންދުސްތާން ޓައިމްސްއިން ގެނެސްދީފައިވާ ރިޕޯޓެއްގައި ބުނާ ގޮތުގައި، މި އެޕާޓްމަންޓްގައި ތިން ކާރު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.
ކުލި އިތުރުވަމުންދާ ގޮތަށް ހަދާފައިވާ އެގްރީމެންޓުގައި ވާގޮތުގައި، ފުރަތަމަ އަހަރު މަހަކު 20.5 ލައްކަ ރުޕީސްއިން ފެށިގެން، ކޮންމެ އަހަރަކު ކުލި މައްޗަށް ދާ ގޮތަށް ހަމަޖެހިފައިވާއިރު، ފަސްވަނަ އަހަރު ނިމޭއިރު މަހެއްގެ މައްޗަށް 23.98 ލައްކަ ރުޕީސްއަށް ކުލި އަރާނެއެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންގެ މެދުގައި މިފަދަ އަގުބޮޑު ޕްރޮޕަޓީތައް ކުއްޔަށް ދިނުމުގެ ޓްރެންޑް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވެއެވެ. މިގޮތުން ކާތިކް އާރްޔަން، ރަންވީރު ސިންގް، އަދި ސާޖިދް ނަދިޔާދްވާލާ ފަދަ މަޝްހޫރު ތަރިން ވެސް ލަގްޒަރީ ކުލީގެ މާކެޓަށް ވަދެފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން