އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގެ ތަފުސީލުގައި ބުނެފައިވާ ގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 138.6 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާވާފައިވާ ޑެފިސިޓް ބަޖެޓުތައް ފައިނޭންސް ކުރުމަށާއި ދަރަނީގެ ބައެއް ރީފައިނޭންސް ކުރުމަށްޓަކައި ދައުލަތުން ފައިނޭންސިން ހޯދަން ޖެހޭ މިންވަރު އިތުރުވެ ސީދާ ދަރަނީގެ ސްޓޮކް ކުރިއަށް އޮތްތަނުގައިވެސް މަތިވަމުންދާނެ ކަމަށެވެ.
އެގޮތުން 2025 ވަނަ އަހަރު ނިމޭއިރު ޖުމުލަ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާއިރު ދައުލަތުގެ ސީދާ ދަރަނި 137.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 114.6 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު 2016 އަދި 2027 ވަނަ އަހަރުތަކުގައިވެސް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށްވުރެ ތިރިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން އެ އަމާޒު ހާސިލުކުރަން މިހާރު ހުށަހަޅާފައިވާ ރިފޯމް ފިޔަވަޅުތަކުގެ އިތުރުން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު