ބޮލީވުޑް ތަރި ޝާހުރުކް ޚާނަށް ފާއިތުވި ހަފުތާގައި މަރުގެ އިންޒާރު ދިނުމާ ގުޅިގެން މުމްބާއީ ފުލުހުން އިއްޔެ ޗަތީސްގަޅުގެ ވެރިރަށް ރައިޕޫރުން ވަކީލަކު ހައްޔަރުކޮށްފިއެވެ.
ރައިޕޫރުގެ ސީނިއަ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންތޯޝް ސިން ޕީޓީއައިއަށް ދިން ބަޔާނެއްގައި ބުނީ، "އަންގާރަ ދުވަހު ހެނދުނު މުމްބާއީ ފުލުހުން ރައިޕޫރުގެ ފުލުހުންނަށް އަންގާފައިވާ ގޮތުގައި، ޝާހުއަށް އިންޒާރު ދިނުމުގެ މައްސަލައިގެ ތަހުގީގުގެ ބައެއްގެ ގޮތުން، މިތަނުގެ ޕަންޑްރީ ފުލުސް ސްޓޭޝަން ސަރަހައްދުން ފައިޒާން ޚާން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުރަތަމަ ލިބުނު މައުލޫމާތުގެ މައްޗަށް ބަލާއިރު، ޝާޚަށް އިންޒާރު ދިން ފޯނު ނަންބަރު ރަޖިސްޓަރީކޮށްފައި ވަނީ ފައިޒާންގެ ނަމުގައެވެ،"
އެ ވަކީލުގެ ފޯނު ގެއްލިފައިވާ ކަމަށާއި، ނޮވެމްބަރު ދެވަނަ ދުވަހު އެކަމާ ގުޅިގެން އެ ސަރަހައްދުގެ ޚަމަރުދީ ފުލުސް ސްޓޭޝަނުގައި ޝަކުވާ ހުށަހަޅާފައިވާނެ ކަމަށް ވަކީލު ބުނެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ތުހުމަތު ކުރެވޭ ފަރާތާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން