ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް އެމަނިކުފާނު ހަތް ރަށެއް ކަނޑައަޅުއްވައިފިއެވެ.
އެ ހަތް ރަށް އާންމު ކޮށްފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރައިން މިއަދު ނެރުނު ނޫސްބަޔާނެގައެވެ.
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި އާބަން ސެންޓަރެއް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މި ސިޔާސަތަކީ، ރައީސް މުއިއްޒުގެ ގެދޮރުވެރި ކުރުމާއި އާބަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން ގާއިމްކުރާ ތަންތަނެވެ.
ބޭނުމަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ހިދުމަތްތައް ލިބޭގޮތް ހެދުން ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އާބަން ޑިވެލޮޕްމަންޓްގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލް އޮތީ ކޮމިޓީ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު