އިންޖީނު މައްސަލައެއް ޖެހި ކަންޓަސް އެއާވޭސްގެ ފްލައިޓެއް އިމަޖެންސީގައި ޖައްސައިފިއެވެެ.

އޮސްޓްރޭލިއާގެ ސިޑްނީއިން ބްރިސްބީނަށް ދަތުރު ކުރި ކަންޓަސްގެ ފްލައިޓު ވަނީ ސިޑްނީއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިންޖީނު ފެއިލްވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޖީނުގައި މައްސަލަ ޖެހުނު ފްލައިޓު ސިޑްނީ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓުގެ އެއް އިންޖީނުން ބާރުގަދަ އަޑެއް އިވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޖީނަށް ދިމާވި މައްސަލައިގެ ސަބަބުން ވަނީ އިމަޖެންސީގައި އެނބުރި ސިޑްނީ އެއާޕޯޓަށް ޖައްސައިފައެވެެ.

ހާދިސާއަށްފަހު ކަންޓަސް އިން އަދި މިހާތަނަށް އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި ފްލައިޓުން ދަތުރުކުރި މީހުންގެ މައުލޫމާތު ވެސް އެ އެއާލައިން އިން ހާމަކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޑްނީ އެއާޕޯޓުން ވަނީ އެފްލައިޓުން ދަތުރުކުރި ހުރިހާ ފަރާތްތައް ފްލައިޓުން ބާލައި ހުސްކޮށް އިމަޖެންސީ ފަރާތްތަކުންނާއި އެއާލައިންގެ ފަރާތްތަކުން ގުޅިގެން އެ ހާދިސާ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ.