އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދީން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް މި ގޮތަށް ނިންމެވީ 16 އަހަރުން ދަށުގެ ކުދީން ސޯޝަލް މީޑިއާ ބޭނުންކުރުމުން އެ ކުދީންނަށް އެކިކަހަލަ ނޭދެވޭ އަސަރުކޮށް، ގެއްލުންތައް ވަމުންދާނީ އެވެ.
ބޮޑު ވަޒީރު އެންތޮނީ ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެ ބޭނުންކުރާ ފަރާތްތަކަށް އުމުރުފުރާތައް ކަނޑައަޅާން ޖެހޭ ކަމަށެވެ. އަދި އެގައުމުގެ 16 އަހަރުން ދަށުގެ ކުދީން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ އެކަމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޮސްޓްރޭލިއާ އަކީ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި މިހާ ހަރުކަށި ގަވާއިދެއް އެކުލަވާލި ގައުމުގެ ގޮތުގައި ރިޕޯޓުތަކުން ފާހަގަކޮށްފައިވާ ގައުމެވެ.
ބޮޑުވަޒީރު އެންތޮނީގެ ނިންމެވުން ގާނޫނުގައި ހިމެނުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ މަޖިލީހަށް ހުށަހަޅައި މިމަހުގެ ފަހުކޮޅު އެކަން ތަންފީޒުކުރަން ފެށުމަށް ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ