ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ބޭފުޅުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެހެންކަމުން އާރަށަކީ އޮންނަން ޖެހޭ ރަށެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅާކީ އާދަޔާ ހިލާފަށް ސިކުނޑި ބޭނުން ކުރައްވަން ޖެހޭނެ ބޭފުޅަކަށް ވުމުން، އެ ބޭފުޅުންނަށްވެސް އާއިލާއެކު ހަމަޖެހިލައިގެން އަރާމު ކުރައްވަން ގޮތެއް އޮންނާން ޖެހޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލާ ބޭފުޅެއް ދެއްތޯ. ވަރަށް ބޮޑު ޒިންމާއެއް އުފުލާ މީހެއް. ރައީސުލްޖުމްހޫރިއްޔާ އަރާމުކޮށްލަން ޖިމްއަށް ދާން ދާންވީ ޕަބްލިކް ޖިމްއަކަށްތޯ؟ އޭނާ ޓެނިސް ކުޅެލަން ފުޓްބޯޅަ ކުޅެލަން ދާންވީ ހަމަ މިތަނުގެ ފުޓްސަލް ދަނޑަކަށްތޯ؟ އެހެންވީމާ ރައީސުލްޖުމްހޫރިއްޔާގެ ރިޓްރީޓްއަކަށް ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ދެން ހަމަ މި މީހުންނަކީ އިންސާނުން ދެއްތޯ. އެކަމަށް އާދަޔާ ހިލާފަށް އެ މީހުންގެ ސިކުނޑި ބޭނުންކޮށް އާދަޔާ ހިލާފަށް ޓެންޝަންގައި މަސައްކަތްކުރާ މީހުން ދެއްތޯ މީ. އެހެންވީމާ އެ މީހުން ބޭނުންވާނެ އެވްރީ ނައު އެންޑް ދެން ރިޓްރީޓަށް ހަމަޖެހޭ، ހިތްހަމަޖެހި އުފަލުގެ އުޅެލަން ބޭނުންވާނެ ދެއްތޯ. ހަމަ ޝައްކެއް ވެސް ނެތް ގޮތުގަ ކުޅިވަރު ކުޅުމާ މި ބިޒީ ހަސަލް ބަސުލްގެ ތެރެއިން ނުކުމެ އަރާމު ކޮށްލަން ބޭނުންވާނެ" ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑަށް ހީވަނީ އާރަށް ހަމަ އޮތުމަކީ ރަނގަޅު ކަމެއްހެން"
ޔާމީން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ކަންކަމުގައި ތިއްބަވާ ބޭފުޅުން ރިސޯޓުތަކަށް ވަޑައިނުގަތިއްޔާ އެ މަނިކުފާނު އުފާކުރައްވާނެ ކަމަށެވެ. އެ ބޭފުޅުން ރިސޯޓުތަކަށް ވަޑައިގަތުމުން އަންނަ ބަދުނާމު މާބޮޑަށް ގޯސްވެގެންދާ ކަމަށާއި އެހެންކަމުން އެ ބޭފުޅުން އާރަށަށް ވަޑައިގަތުން މާބޮޑަށް ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިނިސްޓަރުން، ރިސޯޓުތަކަށް ވަޑައިގަންނަވަނީ އެއްވެސް ހަރަދެއް އަމިއްލަފުޅަށް ކުރައްވަން ނުޖެހޭ ގޮތަށް ކަމަށް ވުމުން އެ ބޭފުޅުންގެ ނަޒާހަތްތެރިކަން އާންމުންގެ މެދުގައި ގެއްލިގެންދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު