މިދިޔަ އަހަރު އެެޑިއުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ތައުލީމީ ދާއިރާގެ ޕްރޮޖެކްޓްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 280 މިލިޔަން ރުފިޔާ ނުދައްކާ އޮތް ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަކުނުދޫ އާއި ނޭކުރެންދޫ ސްލޫލްގެ ކްލާސްރޫމްތަކުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާއި ކުމުންދޫ ސްކޫލަށް އަލަށް އިތުރުކުރި ބައިގެ ވަށައިފާރު ލުމުގެ މަސައްކަތް ފެށޭނެ އިރަކާ ބެހޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު މަޖިލިސް ޖަލްސާގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީ އާ ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ބޮޑޫ ގޮންޖެހުމަކަށް ވެފައި ވަނީ ފަށާފައިވާ މަޝްރޫއުތަކުގެ ޕެންޑިން ބިލްތައް ކަމަށެވެ.
އެގޮތުން 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ބިލްތައް ނުދައްކާ އޮތް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވަަރަށްގިނަ ކުންފުނިތަކަށް ދަތިކަންދިމާވެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އޭގެފަހުން ކުރި މަސައްކަތްތަކުން މިހާރު ދައްކަން، ބާކީ ހުރީ 30 އަކަށް މިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރަށް ހުށަހެޅި ބަޖެޓުގެ ޕީއެސްއައިޕީއަށް އާ ޕްރޮޖެކްޓްތަކަށް ހިމަނާފައި އޮތީ ހަތް ޕަސެންޓް ކަމަށާއި، 15 ޕަސެންޓަށް އެ އަދަދު އަރާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގިނަ ކުންފުނިތައް މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ޕްރޮޖެކްޓްތަކަށް ފައިސާ ދައްކަމުން ދިއުމާއެކު ނުފެށިހުރި އާ ޕްރޮޖެކްތްތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލު ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު