އެކްޓަރު އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ޒަމާނީ ފިލްމު "އާޒާދް" ގެ ޓީޒާ ދައްކައިފިއެވެ. މި ފިލްމަކީ އާއިލާއެއްގެ މީހުން އެމީހުންގެ ވަފާތެރި “އަހަށް” ކުރާ ލޯބީގެ ހިތްގައިމު ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
މި ފިލްމަކީ އަޖޭގެ ބޭބޭގެ ދަރިފުޅު (ނެފިއު) އަމާން ދޭވްގަން އަދި ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަދާނީގެ ފުރަތަމަ ފިލްމެވެ.
އިންޑިއާ މިނިވަންވުމުގެ ކުރީގެ ޒަމާނުގައި ހިނގާ "އާޒާދް" ފިލްމުގައި "ސިންގަމް" އެކްޓަރު ފެންނަނީ އަހުގެ މައްޗަށް އަރައި ދުއްވުމުގައި މާހިރު، އަދި އޭނާގެ އަހާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއްގެ ގޮތުގައެވެ. ކުއްލިއަކަށް ހިނގާ ހާދިސާއެއްގައި، އަޖޭ ކުރިމަތިލާން ޖެހެނީ އަނިޔާވެރި އިނގިރޭސި ސިފައިންނާ އެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި އޭނާގެ ލޮބުވެތި އަސް ގެއްލިގެންދެއެވެ. ގެއްލުނު އަސް ހޯދުމުގެ ޒިންމާ އުފުލަން ޖެހެނީ އަމާންގެ ކެރެކްޓަރުންނެވެ. މި ޓީޒާގައި ރަޝާގެ ވެސް ކުޑަ މަންޒަރެއް ފެނެއެވެ.
އިންސްޓަގްރާމްގައި މި ޓީޒާ ހިއްސާކުރަމުން އަޖޭ ލިޔެފައިވަނީ، "ކޮންމެ ހަނގުރާމައެއްގައި، ކޮންމެ ހިތްވަރުގަދަ ހަނގުރާމަވެރިއެއްގެ ގާތުގައި، ވަފާތެރި އަހެއް ކަށަވަރުންވެސް ހުންނާނެއެވެ."
[އާޒާދު ޓީޒާ](https://www.instagram.com/reel/DB-5wC9PwmE/?igsh=MXM0bWlpdmRjZ3JxeQ==)
މީގެ ކުރިން އޮކްޓޯބަރު މަހު، އަޖޭ އޭނާގެ އިންސްޓަގްރާމްގައި "އާޒާދް" ފިލްމުގެ ފުރަތަމަ ލުކް ޕޯސްޓަރު ހިއްސާކުރި އެވެ.
އޭގައި ލިޔެފައިވަނީ، "މިއީ ހިތްވަރުގަދަކަމުގެ ވާހަކައެކެވެ. މިއީ ވަފާތެރިކަމުގެ ވާހަކައެކެވެ. މިއީ އާޒާދްގެ ވާހަކައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން