އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި ހިނގި ހާދިސާތަކުގައި 10 މީހަކު މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ފްލޯރެސް އައިލެންޑުގައި ހުންނަ މައުންޓް ލެވޯޓޮބީ ލަކި ލަކީ ގޮވާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެއެވެ. ފަރުބަދަ ގޮވުމާއެކު އެ ފަރުބަދައިން ފޭބި ދިޔާ އަލިފާނާއި ފަރުބަދައިގެ ހިލަ ކައިރީގައި އޮތް އަވަށަށް ފޯރައި އެ އަވަށުގައި އަލިފާން ރޯވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ފަރުބަދައާ ހަތަރު ކިލޯ މީޓަރު ދުރުގައި އޮތް އެ އަވަށަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެ އަވަށުން 10 މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ. އޮފިޝަލުން ވަނީ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުގެ ވަށައިގެން ހަތް ކިލޯމީޓަރުގެ ސަރަހައްދަކީ ނުރައްކާތެރި ސަރަހައްދު ކަމުގައި ކަނޑައަޅާފައެވެ.
ހާދިސާ ހިނގުމާއެކު ކަމާބެހޭ އިދާރާތަކުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައި ފަރުބަދައާ 20 ކިލޯމީޓަރު ހިމެނޭ ސަރަހައްދު ތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އަލިފާން ފަރުބަދައިގެ ލޮޅުންތައް ހުންނާނެ ކަމަށާއި ދިޔާ އަލިފާން ފައިބާނެ ކަމަށްވެސް ބެލެވޭކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ