ޝާހުރުކް ޚާންގެ 59 ވަނަ އުފަންދުވަހު، އޭނާގެ އަންނަން އޮތް ޝޯ "ފައުޖީ 2" ގެ ޓްރެއިލާ ނެރެފިއެވެ.
ޓްރެއިލާ ރިލީސްކޮށްފައިވަނީ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ޝޯގެ ޕްރޮޑިއުސަރު ސަންދީޕް ސިންގެވެ. އެއީ 2 މިނެޓަށްވުރެ ދިގު ވީޑިއޯ ކްލިޕެކެވެ. މި ޓްރެއިލާއިން "އާ ޒަމާނުގެ ފައުޖީން" ގެ ކުޑަ ތަސައްވުރެއް ދައްކުވައިދެއެވެ.
[ފައުޖީ 2 ޓްރެއިލާ](https://www.youtube.com/watch?v=ImiHSXvIqFA)
ވީޑިއޯ ފެށެނީ ގައުހަރު ޚާން (ލެފްޓިނަންޓް ކާނަލް ސިމަރްޖީތް ކައުރު) ބައިސްކަލެއްގައި ދުއްވަމުންދާ މަންޒަރަކުންނެވެ. ދެން ވީޑިއޯގައި ދައްކައިދެނީ މި ޝޯގައި ސިފައިންގެ ގޮތުގައި ފެންނާނެ ތަމްސީލުކުރާ މީހުންނެވެ. ޓްރެއިލާގައި އާޝިޝް ބަރްދްވާޖް (ދަކްޝް ދެސާއީ)، އުތުކަރްޝް ކޯހްލީ (ރަންގްރޭޒް ފޯގަޓް)، އުދިތް ކަޕޫރު (އަރްޖުން ނެގީ)، އަދި ރުދްރާ ސޯނީ (ހާރޫން މަލިކް) އާ ސިފައިންގެ ގޮތުގައި ފެނެއެވެ. ކާނަލް ސަންޖޭ ސިންގުގެ ދައުރު އަދާކުރާނެ ވިކާސް ޖައިންވެސް ޓްރެއިލާގައި ފެނިގެންދެއެވެ.
ޝޯގައި ސުވަންޝް ދަރް އަދާކުރަނީ އަބިމަންޔޫ ރާއީގެ ދައުރެވެ. 1989 ވަނަ އަހަރުގެ ޝޯގައި ލެފްޓިނަންޓް އަބިމަންޔު ރާއީގެ ދައުރު އަދާކޮށްފައިވަނީ ޝާހުރުކް ޚާން އެވެ. މީގެ އިތުރުން ޕްރިޔާންޝް ރާޖްގުރު (ސުއްބު ބާލަކްރިޝްނަން)، އަޔާން މަންޗަންދާ (އާކާޝް ޗެޓްރީ)، އަމާން ސިންގ ދީޕް (ވިކްރަމް ސިންގް ބައްގާ)، އަދި ނީލް ސަތްޕުދާ (ވިޖޭ ސަޗަން) ވެސް ޓްރެއިލާގައި ފެނެއެވެ.
ވީޑިއޯ ހިއްސާކުރަމުން ސަންދީޕް ލިޔެފައިވަނީ، "ކަލަންޑަރުގައި ފާހަގަކޮށް، އާ ޖީލުގެ ފައުޖީންނަށް ތައްޔާރުވާށެވެ! ހިތްވަރާއި ގުރުބާނީގެ އާ ޒަމާނެއް ފެށިގެންދާނެއެވެ. ނޮވެމްބަރު 18 އިން ފެށިގެން ހޯމައިން ބުރާސްފަތި ދުވަހަށް ރޭގަނޑު 9:00 އަށް ހަމައެކަނި @ddnational ގައެވެ. މި ޝޯ ނެޝަނަލް ބްރޯޑްކާސްޓަރު ދޫރްދަރްޝަންގައި ނޮވެމްބަރު 18 އިން ފެށިގެން ދައްކަން ފަށާނެއެވެ. މި ޝޯގެ ކާސްޓްގައި ރުދްރާ ސޯނީ (ހާރޫން މަލިކް)، މާންސީ (ކާވްޔާ ރާޖަދްޔަކްޝާ) އަދި ސުޝްމިތާ ބަންދާރީ (ކިންޖަލް ޖޯޝީ) ވެސް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން