ކުރިން އޮންނަ ގޮތަށް ޑިސެންބަރު މަހަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިިބޭ ގޮތަށް، އަންނަ 2025 ވަނަ އަހަރުގެ ތައުލީމީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އެކެޑަމިކް ކަލަންޑަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމުގެ އިތުރުން ދިރާސީ އާ އަހަރު ފެށޭ ދުވަސް ވެސް ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން އެޑިއުކޭޝަން ކަލަންޑަރުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ޓާމް ކުރިއަށް ދާނީ އޭޕްރީލް މަހުގެ ހަޔަކުން ފެށިގެން ޖުލައި 24 ޖުލައި އަށެވެ. ފުރަތަމަ ޓާމްގެ ޓެސްޓު އޮންނާނީ ޖުލައި މަހުގެ ފަހަކުން ފެށިގެން 19 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން 10 އޮގަސްޓުގައި ފަށައި ނިންމާނީ 25 ޑިސެމްބަރުގައެވެ.
ދެވަނަ ޓާމް ޓެސްޓް އޮންނާނީ ޑިސެމްބަރު ހަޔަކުން ފެށީގެން އިން 20 އަށެވެ.
އެހެންކަމުން 2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައެވެ. އަދި 2026 އިން ފެށިގެން ދިރާސީ އަހަރު ފަށާނީ ޖެނުއަރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު