މާލޭގެ އަމީނީމަގުން ސައިކަލެއްގައި ދިޔަ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އަމީނީމަގުން ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގިކަމުގެ ރިޕޯޓު ލިބުނީ މިރޭ 10:00 ހާއިރު ކަމަށެވެ.

އެ މީހާގެ ގައިގައި ޖަހާފައިވަނީ އިތުރު އިތުރު ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަނިޔާވި މީހާ ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.