އަޖޭ ދޭވްގަންގެ ފިލްމު "ސިންގަމް އަގެއިން" އަދި ކާތިކް އާރްޔަންގެ "ބޫލް ބުލައްޔާ 3" އޮތީ ބޮކްސް އޮފީހުގައި ބޮޑު ވާދައަކަށް ތައްޔާރުވެފައެވެ. ނަމަވެސް، މި ދިވާލީ ރިލީސްތައް ސައުދީ އަރަބިއްޔާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައި ދެއްކޭނެއެވެ.
މިޑް-ޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ ގެ ފިލްމު ސެންސަރު ބޯޑަކީ ވަރަށް ހަރުކަށި ބޯޑެކެވެ. އެ ބޯޑުގެ އުސޫލުތަކާ ޚިލާފު ފިލްމުތައް ގިނަ ފަހަރު މަނާކުރެއެވެ. އެ ގައުމުން އާންމުކޮށް މަނާކުރަނީ ދީނީ ގޮތުން ސަމާލުކަން ދޭން ޖެހޭ ނުވަތަ ޖިންސީ ގޮތުން ގޯސް މަންޒަރުތައް ހުންނަ ފިލްމުތަކެވެ. ހާއްސަކޮށް އެ ގައުމުގެ އާދަކާދަތަކާ ޚިލާފު މައުލޫތަކެވެ. ބައެއް ފިލްމުތައް ސައުދީ މިންގަނޑުތަކާ އެއްގޮތް ކުރުމަށްފަހު ދެއްކުމުގެ ހުއްދަ ދެވެއެވެ. އެހެންނަމަވެސް އަނެއްބައި ފިލްމުތައް މުޅީން މަނާކުރެވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، 'ސިންގަމް އަގެއިން' ސައުދީގައި މަނާކޮށްފައިވަނީ "ދީނީ ޚިލާފުވުމެއް" ދައްކުވައިދޭތީއެވެ. އަދި 'ބޫލް ބުލައްޔާ 3' މަނާކޮށްފައިވަނީ ބޯޑުން "ހޯމޯސެކްޝުއަލް ރިފަރެންސްތަކަކަށް" އިއުތިރާޒު ކުރުމުގެ ސަބަބުންނެވެ. ނަމަވެސް، މި ދެ ފިލްމުވެސް ޔޫއޭއީގެ އެހެން ހުރިހާ ތަނެއްގައި ދައްކާނެއެވެ.
'ސިންގަމް އަގެއިން' އަކީ އަޖޭ މައި ރޯލުގައި ފެންނަ ފުލުހުންގެ ފްރެންޗައިޒްގެ ތިންވަނަ ސީކުއަލް އެވެ. މި ފިލްމަކީ ރޯހިތު ޝެޓީގެ ފުލުހުންގެ ޔުނިވާސްގެ ފަސްވަނަ ބައެވެ. މި ފިލްމު ބިނާވެފައިވަނީ ރާމާޔަނާގެ ތީމްގެ މައްޗަށެވެ. އެއީ ލޯޑް ރާމް ގޮޑެސް ސީތާ ހޯދުމަށް ލަންކާއަށް ދަތުރުކުރި ވާހަކައެވެ. ސީތާ ވަގަށް ނަގާފައިވަނީ ރާވަން އެވެ.
އަޖޭގެ ޑީސީޕީ ބާޖީރާވް ސިންގަމް، ކަރީނާ ކަޕޫރުގެ އަވްނީ އަދި އަރްޖުން ކަޕޫރުގެ ޑޭންޖާ ލަންކާގެ ކެރެކްޓަރުތަކަކީ ތަރުތީބުން ރާމް، ސީތާ އަދި ރާވަންއާ އެއްގޮތް ކެރެކްޓަރުތަކެކެވެ. ޓައިގާ ޝްރޮފްގެ އޭސީޕީ ސަތިޔާ ބާލީގެ ކެރެކްޓަރު އިންސްޕަޔާވެފައިވަނީ ވާލްމީކީގެ ރާމާޔަނާގެ ލަކްޝްމަންގެ ކިބައިންނެވެ. އަދި ރަންވީރު ސިންގެ ސިމްބާގެ ކެރެކްޓަރު ބިނާވެފައިވަނީ ލޯޑް ހަނުމާންގެ މައްޗަށެވެ.
ދީޕިކާ ޕަދުކޯން، ޖެކީ ޝްރޮފް އަދި ރަވި ކިޝަން ވެސް މި އެކްޝަން-ޑްރާމާ ފިލްމުގައި މުހިންމު ދައުރުތަކެއް އަދާކުރެއެވެ. އަކްޝޭ ކުމާރު ޑީސީޕީ ވީރު ސޫރްޔަވަންޝީގެ ގޮތުގައި މި ފިލްމުގައި ދިގު ކެމިއޯއެއްގައި ފެނިގެންދާނެއެވެ. ސަލްމާން ޚާންގެ ޗުލްބުލް ޕާންޑޭގެ ކެމިއޯ މިހާތަނަށް ސިއްރުގައި ބާއްވާފައިވެއެވެ. ނަމަވެސް، އަކްޝޭ ފަހުން 'ސިންގަމް އަގެއިން' ޓީމާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، ކެޕްޝަންގައި "ޗުލްބުލް" މި ނަން ލިޔެ، އެކަމާ ބެހޭގޮތުން ހުވަފެނެއް ދައްކާލާފައިވެއެވެ.
'ބޫލް ބުލައްޔާ 3' އަކީ ހޮރަރ-ކޮމެޑީ ފްރެންޗައިޒްގެ ތިންވަނަ ބައެވެ. ކާތިކް އާރްޔަން އަދި ތުރިޕްތީ ދިމްރީގެ އިތުރުން، މި ފިލްމުގައި ވިދިޔާ ބަލަން، މަދުރީ ޑިކްސިޓް، ރާޖްޕާލް ޔާދަވް، ވިޖޭ ރާޒް އަދި އެހެން ތަރީން ވެސް މުހިންމު ދައުރުތަކެއް އަދާކުރެއެވެ. އާންމު ގޮތާ ޚިލާފަށް، މި ފަހަރު ފިލްމުގައި ދެ މަންޖުލިކާއެއް ހިމެނެއެވެ. އެ ދެ ކެރެކްޓަރު ކުޅެނީ ވިދިޔާ އާއި މަދޫރީ އެވެ.
މިދެ ފިލްމުވެސް ރިލީސްކުރާނީ މިއަދުއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން