މި އަހަރުގެ ބަޖެޓު ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް، 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާ އިން ކަމަށާއި ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓް ކަމަށެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާކަމުގައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ތަންފީޒުކުރަން ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަކަށް ބިނާކޮށް އެކުލަވާލާފައިވާ އަދި އެ ފިޔަވަޅުތަކާއެކުވެސް އެކަށީގެންވާ ގޮތެއްގައި ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކެއް ހިމެނިފައިނުވާ ބަޖެޓެއް ކަމަށެވެ.
"މިއާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް، 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓަށް،" ޒަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު