ބޯކޮށް ވާރޭވެހި ސްޕެއިންގައި ފެންބޮޑުވެ 51 މީހަކު މަރުވެއްޖެއެވެ.
ސްޕެއިންގެ އިރުދެކުނު ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު އެ ސަހަައްދުގައި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުޅިގެން ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕެއިންގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑު ސަރަހައްދެއް ފެނުއަޑީގައި ވާކަމަށާއި އެ ސަރަހައްދަށް މީހުން ސަލާމަތްކުރުމަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރިކަމަށް ސްޕެއިންގެ ވެލެންސިއާގެ ރީޖަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މޫސުމާބެހޭ އިދާރާތަކުން ވަނީ ސްޕެއިންގެ އިރު ދެކުނު ސަރަހައްދަށް އަންގާރަ ދުވަހު 491 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ބުނެފައެވެ. މިއީ އާންމުގޮތެއްގައި އެ ސަރަހައްދަށް އަހަރެއްގެ ތެރޭގައި ވާރޭ ވެހޭ ނިސްބަތް ކަމަށް އޮފިޝަލުން ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ޑްރޯންގެ އެހީގައި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ